މާލެއިން ހަތަރު މަސާޖު ޕާލާއެއް ބަންދުކޮށްފި
މާލެއިން ހަތަރު މަސާޖު ޕާލާއެއް ބަންދުކޮށްފިއެވެ.
އިމިގްރޭޝަންއިން އެކްސްގައި މިއަދު ކުރި ޕޯސްޓެެެއްގައި ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގައި ހިންގަމުން ދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކުރި ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ބުންޏެވެ.
"މި ހަތަރު ތަނުގައި ހިންގަމުން ދިޔަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ވަނީ އަޅާފައި." އިމިގްރޭޝަންއިން އެކްސްގައި އިތުރަށް ބުންޏެވެ.
މި ފަހުން މިދިޔަ އަންގާރަ ދުވަހު ވެސް އިމިގްރޭޝަންއިން ވަނީ ހަތަރު މަސާޖު ޕާލާއެއް ރެއިޑްކޮށްފައެވެ. އަދި އެ ހަތަރު މަސާޖު ޕާލާ ފަހުން ވަނީ ބަންދު ވެސް ކޮށްފައެވެ.
މަސާޖުޕާލާތަކުގައި ވިސާ ނެތި ބިދޭސީން މަސައްކަތް ކުރުމާއި އަދި އެ ތަންތަނުގައި ހަށި ވިއްކުމުގެ މައްސަލަތައް ވަރަށް ގިނައިން ފެންމަތި ވެއެވެ.

