ޚަބަރު

މިއަދާއި މާދަމާ ވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް ވާނެ: މެޓް އޮފީސް

ނުޙާ އަޙްމަދު ، ދެން އޮންލައިން

މިއަދާއި މާދަމާ ވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

Ads by STELCO

މޫސުމާ ބެހޭ ގައުމީ އިދާރާއިން "ދެން"އަށް މައުލޫމާތު ދިންގޮތުގައި، ކުރިއަށްއޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެކަމަށް ލަފާކުރެވޭކަމަށް ވެސް އިދާރާއިން ބުނެއެވެ.

އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި، ވިލާގަނޑުގައިގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށިގެންވާ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

Ads by Allied Insurance