ޚަބަރު

ބާޒާރުމަތީ ބަނދަރުގައި އަޅާފައިވާ އުޅަނދުތައް ވަގުތީގޮތުން އެމްއެމްއޭ ސަރަޙައްދަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ބާޒާރުމަތީ އެއްގަމު ތޮށި ތަރައްޤީކުރުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުގައި އަޅައިފައިވާ އުޅަނދުތައް ވަގުތީގޮތުން އެމްއެމްއޭ ސަރަޙައްދަށް ބަދަލުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އަންގައިފިއެވެ.

Ads by STELCO

އެމްޕީއެލްއިން ބުނީ، މި ސަރަޙައްދުގައި އަޅައިފައިވާ އުޅަނދުތައް މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ނެގުމަށާއި ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްތައް މި މަހުގެ 20ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފަޅުތެރެ ހުސްކުރާނީ 3 ބަޔަކަށް ބަހާލައިގެންކަމަށާއި ފުރަތަމަ ހުސްކުރުމަށް އަންގައިފައި ވަނީ މަސް މާރުކޭޓުން ފެށިގެން، 100 މީޓަރުގެ ސަރަޙައްދެކެވެ. އެއީ މަސް މާރުކޭޓު ކުރިމަތިން މަސް ދޯނިތައް އެޅުމަށް ބޭނުންކުރާ ސަރަހައްދުކަމަށް އެމްޕީއެލްއިން ބުނެއެވެ.

މީގެ އިތުރުން އެމްޕީއެލްއިން ބުނީ، އެމްއެމްއޭ ކުރިމަތިން އޮންނަ ސަރަޙައްދުގައި އުޅަނދުތައް އެޅޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށާއި އުޅަނދުފަހަރު އަޅާފައި ބޭއްވޭނެ ސަރަޙައްދުތަކުގައި ފާހަގަތައް ޖަހާފައި ހުންނާނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ނޯތް ހާބަރާ ހަމައަށް، ޖުމްލަ 250 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާރު ވަނީ މި ސަރަޙައްދުގެ ޢަމަލީ މަސައްކަތްތައް ފަށައިފައެވެ.

Ads by HDC