އަންނަ އަހަރުގެ ހުރިހާ ދުވަހަކު ވެސް ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ
އަންނަ އަހަރުގެ ހުރިހާ ދުވަހަކު ވެސް ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސައިފިއެވެ.
އަންނަ އަހަރުގެ ހުރިހާ ދުވަހަކު ވެސް ކައިވެނިކޮށްދޭނެކަން ހާމަކޮށް ފެމިލީ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ އަންނަ އަހަރު ކައިވެނިކޮށްދޭނެ ގަޑިތައް ވެސް ހާމަކޮށްފައެެވެ.
ރަސްމީ ދުވަސްތަކާއި ހުކުރު، ހޮނިހިރު ނޫން ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭނީ
- 09:00 އިން 11:30 އަށް.
- 13:00 އިން 13:30 އަށް.
- 15:00 އިން 21:30 އަށް.
ހުކުރު ހޮނިހިރުގައި ކޯޓުގައި ކައިވެނިކޮށްދޭނީ
- 15:00 އިން 21:30 އަށް (ހުކުރު)
- 10:00 އިން 21:30 އަށް (ހޮނިހިރު)
ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ
- ކޮންމެ ދުވަހެއްގެ ވެސް 15:00 އިން 21:30 އަށް.
ފެމިލީ ކޯޓުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އޮކްޓޫބަރު މަހު 185 ކައިވެނިކުރި އެވެ. އަދި 135 ކައިވެނި ރޫޅައިލައިފައި ވެއެވެ.
Ads by HDC

