Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެންސްޕާއިން މިދިޔަ މަހު ބޭސްފަރުވާގެ އެހީއަށް 35 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި

އެންސްޕާއިން މިދިޔަ މަހު ބޭސްފަރުވާގެ އެހީއަށް 35 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި

ބޭސްފަރުވާގެ ހަރަދުތަކުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެންސްޕާއިން މިދިޔަ މަހު 35 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ މަހު ބޭސްފަރުވާއަށް 35.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގައި ބޭސްފަރުވާ ކުރަން ދޫކުރި 20.5 މިލިއަން ރުފިޔާ އަދި ރާއްޖޭން ބޭރުގައި ބޭސްފަރުވާ ކުރަން ދޫކުރި 14.5 މިލިއަން ރުފިޔާއެވެ.

އެންސްޕާއިން ދޭ ބޭސްފަރުވާގެ އެހީ ޕްރޮގްރާމު މެދުވެރިކޮށް އެންމެ ގިނައިން ފައިސާ ހަރަދުކޮށްފައި ވަނީ ކެންސަރު ބައްޔާއި ކަށީގެ ބަލިތަކާއި ވިހެއުމުގެ އިތުރުން ނޭވާލާ ނިޒާމްގެ ބަލިތައް ޖެހިފައިވާ ފަރާތްތަކަށެވެ.

Advertisement
Allied — Dhen Online (box)

އެގޮތުން މިދިޔަ މަހު ކެންސަރު ބަލީގެ ޖުމްލަ 135 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ކަށީގެ އެކި ބަލިތަކުގެ 130 ކޭސްއަށް ވަނީ ފައިސާ ފޯރުކޮށްދީފައެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގެ އެންމެ ބާރު ބޮޑު އަމިއްލަ ދެ ހޮސްޕިޓަލް ކަމަށްވާ، އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ބޭސްފަރުވާގެ އެހީއަށް މިދިޔަ މަހު ޖުމްލަ 7.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިދިޔަ އޮކްޓޯބަރު މަހު އެންސްޕާއިން އެހީގެ ގޮތުގައި ދޫކޮށްފައި ވަނީ 45.1 މިލިއަން ރުފިޔާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް