ގަވާއިދާ ޚިލާފަށް ހިންގާ 37 ވިޔަފާރިއެއް ބަންދުކޮށްފި
ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކުގެ ތެރެއިން 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ހިންގާ ވިޔަފާރިތަކާ ގުޅިގެން ނިމުނު މަހުގެ 29ވަނަ ދުވަހުން ފެށިގެން މި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް 252 ޝަކުވާ އެ މިނިސްޓްރީއަށް ލިބިފައިވެއެވެ.
98 ތަނެއް ބަލައިފާސްކޮށް 37 ތަނެއް ބަންދުކޮށްފައިވެއެވެ. އެ މިނިސްޓްރީއާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފުވެގެން 25 ތަނެއް ބަންދު ކޮށްފައިވާ އިރު އެހެނިހެން ގާނޫނުތަކާ ހިލާފު ވެގެން 12 ތަނެއް ބަންދު ކޮށްފައިވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ގަވާއިދަށް ފައްތައި 8 ތަނެއް ހުޅުވުމަށް އަލުން ހުއްދަ ދީފައިވާ ކަމަށެވެ.
