ހުޅުމާލެ ފޭސް ތިނެއްގައި މިރޭ ހަވާ އަރުވަނީ
ހުޅުމާލެ ފޭސް ތިނެއްގައި މިރޭ ހަވާ އަރުވާނެކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 20:00އާއި 20:30 ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 3މިނެޓުގެ ދިގުމިނަކަށް ކަމަށް ވެސް އެ ފަރާތުން ބުނެފައި ވެއެވެ.
ދިފާއީ ބާރުން ބުނީ މިއީ އަމިއްލަ ފަރާތެއްގެ އެދުމުގެ މަތީން ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވްއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
Ads by Ooredoo

