ޚަބަރު

ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ޒަރިޔަންދު ވާދަކުރަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ޒަރިޔަންދު އަދި ކުރީގެ ރައީސް ޔާމީން --

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޓިކެޓުގައި، ނޭޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން، އިސްލާޢީލް ޒަރިޔަންދު މާލޭގެ މޭޔަރުކަމަށް ވާދަކުރަން ނިންމައިފިއެވެ.

Ads by STELCO

އެކަން އިއުލާނު ކުރީ ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައެވެ. ކުރީގެ މަޝްހޫރު ފުޓުބޯޅަ ކީޕަރު ޒަރިޔަންދު އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބުނީ، އޭނާގެ ނަޒަރުގައި ކުރީގެ ރައީސް އަބްދުالله ޔާމީނަކީ ތަރައްގީގެ ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް ކަމަށެވެ.

ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ޒަރިޔަންދު ވާދަކުރަން ނިންމާފައިވާއިރު، ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ނިންމައިފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް މޫސާ ޢަލީ ޖަލީލެވެ.

އެމްޑީޕީގެ ފަރާތުން މޭޔަރު ކަމަށް ކުރިމަތިލުމަށް ހުށަހަޅައިފައި ވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި، މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމެވެ. އެ ޕާޓީގެ ޕްރައިމަރީ އަންނަ މަހުގެ 30ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance