ޚަބަރު

ޕާސްޕޯޓްގެ މުއްދަތު ހަމަވާކަން އަންގައިދޭ ރިމައިންޑަރ މެސެޖެއް ފޮނުވަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން، އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ނިންމައިފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަޙްމަދު ފަސީޙް ވިދާޅުވެއްޖެއެވެ.

Ads by MPL

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ވިދާޅުވީ، ރިމައިންޑަރ މެސްޖް ލިބެން ފަށާނީ ފެށޭ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށާއި އެ މެސެޖާ އެކު ޕާސްޕޯޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކު ވެސް އެ ފަރާތެއްގެ ފޯނަށް ލިބިގެންދާނެ ކަމަށެވެ.

ޕާސްޕޯޓުގެ މުއްދަތު އޮންނަނީ 5 އަހަރަށް. އެކަމަށް ވެސް ޖަނަވަރީމަހުގައި ހައްލެއް މި ގެންނަނީ. ޖަނަވަރީއިން ފެށިގެން ކޮންމެ މީހެއް ފޯނަށް ނޮޓިފިކޭޝަނެއްދާނެ މުއްދަދަތު ހަމަވަނީ އޭ. 6 މަސްދުވަހޭ ބާކީ އޮތީ. އަވަހަށް ޕާސްޕޯޓު ހައްދަވާށޭ.

ކޮންޓްރޯލަރ އަޙްމަދު ފަސީޙް ވިދާޅުވިއެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުުގައި 250،000އެއްހާ މީހުން ދިރިއުޅޭ ކަމަށާއި އެ ފަރާތްތަކަށް ލުއިފަސޭހަކޮށް ޚިދުމަތް ދިނުމަށް ޓަކައި އަންނަ މަހުން ފެށިގެން ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.

Ads by Allied Insurance