Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިއްޔެ މަރުވެފައި އޮއްވާ ކަނޑުމަތިން ފެނުނީ ޗައިނާ ރައްޔިތެއް: ފުލުހުން

އިއްޔެ މަރުވެފައި އޮއްވާ ކަނޑުމަތިން ފެނުނީ ޗައިނާ ރައްޔިތެއް: ފުލުހުން

އިއްޔެ ގުޅީފަޅު ކައިރިން، މަރުވެފައި އޮއްވާ ކަނޑުމަތިން ފެނިފައި ވަނީ ޗައިނާ ރައްޔިތެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، އެއީ ޗެންގް ޖިއާ (38އ) ކަމަށާއި އޭނާ ކަނޑަށް ވެއްޓިފައި ވަނީ އިއްޔެ 12:48 އެހާއިރު، ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން، އެ ބާޖު ކައިރީގައި އޮތް ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އޭނާ ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެ ވަގުތު އޭނާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް، ފަހުން އޭނާ ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް މަޢުލޫމާތުދީ، އޭނާ ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، ކޯސްޓްގާރޑުން ޗެންގް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ދުވަހު 13:32 އެހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

Advertisement
Ooredoo — Truecaller (box)

https://dhen.mv/301137

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް