Sunday, 15 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ލިލީގެ ހިތްކަތިލިއެ ލައްކައަކަށް، މުޅި ލަވަ ނެރެނީ

ލިލީގެ ހިތްކަތިލިއެ ލައްކައަކަށް، މުޅި ލަވަ ނެރެނީ

އަންނަ އާދީއްތަ ދުވަހު އަލުން އޮލިންޕަހަށް އަންނަ ދިވެހި ފިލްމު ލިލީގެ ލަވަ، ހިތްކަތިލިއެއަށް ޔޫޓިއުބުން ލައްކައަށްވުރެ ގިނަ ވިއުސް ލިބިއްޖެއެވެ.

މުޅިންހެން ހައުސްފުލްކޮށް ދިޔަ ލިލީ ފިލްމު، ގިނަ ބައެއްގެ އެދުމުގެ މަތިން އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮލިންޕަހުގައި އަޅުވާނެއެވެ. މިފަހަރު ފިލްމުގައި ކުރިން ނުފެންނަ މައެއް ސީންތައް ފެނިގެންދާނެ ކަމަށް ޓީމުން މައުލޫމާތު ދެއެވެ.

https://www.youtube.com/watch?v=hnPDghYC5kA

Advertisement
Ooredoo — Truecaller (box)

ހިތްކަތިލިއެ ލަވަ ނަގާފައިވަނީ ލާމު އަތޮޅުގައެވެ. ލާމު އަތޮޅުގެ ރީތި މަންޒަރުތައް ދައްކުވައިދޭ މިލަވައިގައި އެ އަތޮޅުގެ ހަ ރަށެއްގެ މަންޒަރުތައް ހިމަނާފައިވެއެވެ. އެގޮތުން ފޮނަދޫ، ގަން، ކައްދޫ، މާންދޫގެ އިތުރުން މާބައިދުއާއި ހިތަދޫގައި ވެސް ލަވައިގެ މަންޒަރުތައް ޝޫޓުކޮށްފައިވެއެވެ.

https://www.youtube.com/watch?v=3VjWPMtErMc

މި ލަވައިގެ ކުރިން ނެރެފައިވަނީ ލިރިކަލް ވާޝަންއެކެވެ. ލިލީ ޓީމުން ބުނީ ގިނަ ބަޔަކު އެމެދުންދާތީ މުޅި ލަވަ ޔޫޓިއުބަށާއި ސްޕޮޓްފައިއަށް ނެރުމަށް ޓީމުން ނިންމާފައިވާ ކަމަށެވެ. ފުލް ލަވައިގައި ލިރިކަލް ވާޝަންގައި ނެތް ކަޑިއެއް އިތުރުވާނެ ކަމަށް ވެސް ޓީމުން މައުލޫމާތު ދެއެވެ.

މައިވަންތަކަމުގެ ލޯބިން މަހުރޫމުވެ ހެދިބޮޑުވަމުން އައި ކުއްޖެއްގެ ދިރިއުޅުން ބަދަލުވެގެން ދާގޮތް ދައްކުވައިދިން މި ފިލްމުގައި ރާއްޖޭގައި ހިނގާ އެތައް ކުށްތަކަކަށް ވަނީ އަލިއަޅުވާލައިފަ އެވެ. އައިޝާ އަލީ ލީޑް ރޯލުން ފެންނަ މި ފިލްމުގައި މުހިންމު ރޯލުތަކުން އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން އަދި މަރިޔަމް ޝިމާވެސް ފެނެ އެވެ.

“ލިލީ” ބެލި ގިނަ މީހުން ފާހަގަކުރި ގޮތުގައި މިއީ އަސަރުގަދަ ފިލްމެކެވެ. ހާއްސަކޮށް ފިލްމުގައި އަނިޔާ ލިބޭ ކުދިންގެ އިހުސާސްތައް ގެނަސްދީފައިވާ ގޮތް މީހުން ފާހަގަކުރި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.