ޚަބަރު

ޑިޖިޓަލް އައިޑީއާއި ސްމާޓް ކާޑު އަންނަ އަހަރު ތައާރަފުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހުސާން/ ފޮޓޯ: މަޖިލީސް

އައްނަ އަހަރު ،ޑިޖިޓަލް އައިޑީއާއި ސްމާޓް ކާޑު ތައާރަފްކުރަން ނިންމައިފިއެވެ.

Ads by MPL

ޑިޖިޓަލް އިގްތިސާދު ފުޅާކޮށް، 2030ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ޑިޖިޓަލް އިގްތިސާދީ ދާއިރާ ހެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ.

ހޯމް މިނިސްޓްރީން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، އުމުރުން 10 އަހަރުން މަތީގެ ދެލައްކަ ހަތްދިހަ ދެހާސް ދިވެހިން ޑިޖިޓަލް އައިޑީ ނިޒާމުގެ ތެރެއަށް މިހާރު ވެސް ގެނެވިފައިވާ ކަމަށެވެ.

އަދި އެއީ ރާއްޖޭގެ އާބާދީގެ 80 އިންސައްތަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާ އެކު ސްމާޓު އަޑީކާޑެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.

މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ މޯލްޑިވްސް 2.0 މަޝްރޫއުގެ ދަށުން ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.

ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ހިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް، ޑިޖިޓަލް އައު ޒަމާނަކަށް ރާއްޖެ ވާސިލްކޮށްދިނުމަށް ހިންގަން ފަށާފައިވާ "މޯލްޑިވްސް 2.0" މަޝްރޫއުއަކީ، ރާއްޖޭގެ މުސްތަގުބަލުގެ ތާރީހު ބަދަލުކޮށްލާނެ މަސައްކަތެެއް ކަމަށް ސަރުކާރުން ބުނެއެވެ.

Ads by Allied Insurance