ޚަބަރު

ކުރިއަށް އޮތް 24ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ: މެޓް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުރިއަށް އޮތް 24ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

Ads by STELCO

މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް، އުތުރާއި އިރުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތުދެއެވެ.

ނަމަވެސް، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އަންގާރަ ދުވަހުން ފެށިގެން މޫސުން އަލިވަން ފަށާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އެހެންކަމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

Ads by HDC