ޚަބަރު

ރަސްމާލޭގެ 30 ޕަސެންޓް ހިއްކައި ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ--

ރަސްމާލެ ތަރައްގީކުރަން ފުށި ދިއްގަރުފަޅުން ހިއްކަން ނިންމައިފައިވާ ސަރަހައްދުގެ 30 ޕަސެންޓް ހިއްކައި ނިންމައިފިއެވެ.

Ads by STELCO

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ފުށި ދިއްގަރުފަޅުން އިތުރު 41 ހެކްޓަރު ހިއްކައި ނިންމައިފައިވާ ކަމަށެވެ.

އެއީ މަޝްރޫއުގެ 30 ޕަސެންޓުކަން ވެސް އެމްއޭސީއެލްއިން ބުންޏެވެ.

ރަސްމާލެ ހިއްކަން ފެށީ 2023ވަަނަ އަހަރު ނިމެން އުޅެނިކޮށެވެ. ނަމަވެސް އެ މަޝްރޫއު މެދުކެނޑުމަށް ފަހު ބޮޑު ޑުރެޖަރެއް ގެނެސް، މި މަހު ވަނީ އެ މަޝްރޫއުގެ މަސައްކަތް ފަށައި، ހަލުވިކޮށްފައެވެ.

އެ މަޝްރޫއުގެ ދަށުން ޖުމްލަ 1153 ހެކްޓަރު ހިއްކާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މާރިޗު ހިސާބުގައި ރަސްމާލެ ހިއްކައި ނިމޭނެއެވެ.

އަދި އެ ތަނުން ޖުމްލަ 25،000 ގޯތި ދޭނެ ކަމަށާއި އަދި މި ދައުރުގެ ތެރޭގައި އެ ތަނުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ އެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްްލެއް ލިބޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!