Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ރިޕޯޓް

ސުނާމީއަށް 21 އަހަރު ,82 ފުރާނަ ގެއްލިގެން ދިޔަ އެ ދުވަސް

ސުނާމީއަށް 21 އަހަރު ,82 ފުރާނަ ގެއްލިގެން ދިޔަ އެ ދުވަސް

ދަންވަރު މާލެއަށް ލޮޅުމެއް އައިކަން ގިނަ ބަޔަކަށް އިހުސާސްވިއެވެ. އެކަމަކު ދުވަހަކު ވެސް ތަޖުރިބާކޮށްފައިވާ ކަމަކަށް ނުވާތީ ގިނަ ބަޔަކަށް ދެން ވާން އުޅޭ ގޮތުގެ އިހުސާސެއް ނެތެވެ. ވަގުތަކީ ކްރިސްޓިއަނުންގެ ކްރިސްމަންސްގެ "މަޖާގަނޑަ"އަށް ފަހު ރިސޯޓްތައް ވެސް ނިދާފައި އޮތް ވަގުތެވެ. އެންމެން ތިބީ ގަދަ ނިދީގައެވެ. ނަމަވެސް ހެނދުނު 9.30 ކަންހައިއިރު ރާއްޖޭގެ ވެރިރަށް މާލޭގެ ތޮށީގެ އެތެރޭގައި އޮތް ލޮނުގަނޑު ހިކެން ފެށިއެވެ. އެ ވަގުތު ފަޅުއޮޑި ފަހަރުގައި ތިބި މީހުން ތިބީ ވާނުވާގައެވެ. މިނެޓުކޮޅަކަށް ފެންގަނޑު ދަމާލުމަށް ފަހު އުތުރު އަރައިގަތް ލޮނުގަނޑު މާލެ ވަށައިގެންވާ ތޮށިގަނޑު މަތިން މާލެ ތެރެއަށް ބަންޑުންކޮށްލިއެވެ. އިސާހިތަކު މާލޭގެ ވަށައިގެންވާ މަގުތަކާއި ގުޅިފައިވާ ގޯޅިތައް ފެންބޮޑުކޮށްލިއެވެ.

މި ހުރިހާކަމެއް ވެރިރަށުގައި ހިނގަމުން ދިޔައިރު، ރާއްޖޭގެ މީހުން ދިއުޅޭ ރަށްތަކުގެ ބޮޑުބައި އޮތީ އެއަށް ވުރެ މާބިރުވެރި ހާލަތެއްގައެވެ. ފޯނުގެ ހިދުމަތް ކެނޑިއްޖެއެވެ. ތ. ވިލުފުއްޓާއި މ. ކޮޅުފުށި އަދި ރ. ކަނދޮޅުދޫ ފަދަ ރަށްތަކުގެ ހާލަތު ވަރަށް ގޯހެވެ. ރާއްޖޭގެ 13 ރަށަކަށް ސުނާމީގެ ރާޅުތައް އަރައިގެން އައި ބާރު މިނުގައި 82 ފުރާނައެއް ގެއްލިގެން ދިޔައެވެ. ސުނާމީއަށް މިއަދަށް 21 އަހަރު ފުރިގެންދާއިރު، އެ ހަނދާންތައް އަދިވެސް މިއަދުވީކަމެއްހެން މިކަން ތަޖުރިބާކުރާ މީހުން އެބަތިބިއެވެ.

[caption id="attachment_66119" align="alignright" width="300"]<a href="https://dhen.mv/65418/img_6788" rel="attachment wp-att-66119"><img class="size-medium wp-image-66119" src="https://cdn.dhen.mv/wp-content/uploads/2021/02/IMG_6788-300x200.jpg" alt="" width="300" height="200" /></a> ހިތްގައިމު ސުނާމީ ބިނާ، މިހާރު އޮތީ ވީރާނާ ވެފައި[/caption]

Advertisement
Ooredoo — Square (box)

ސުނާމީގައި 82 މީހުން މަރުވެ، 26 މީހުން ގެއްލުނެވެ. ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 62 އިންސައްތައާ އެއްވަރުގެ ގެއްލުން ލިބުނެވެ. 13 ރަށަކުން މީހުން މުޅިން ހުސްކުރަން ޖެހުނުއިރު، ބައެއް ރަށްތައް އާބާދު ނުކުރެވޭ ވަރަށް ސުންނާފަތިވިއެވެ.
އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ވިލުފުށިންނެވެ. އެ ރަށުން 18 މީހުން މަރުވިއިރު، ދެން އެންމެ ގިނަ ބަޔަކު މަރުވި މ. ކޮޅުފުށިން 16 މީހުން މަރުވިއެވެ.

މި ހާދިސާއާ އެކު ސަރުކާރުން ވަނީ އެތައް ބަޔަކަށް ގިނަ ދުވަސްތަކެއް ވަންދެން އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މި މި ހާދިސާއިން ފެނިގެން ދިޔަ އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބައެއްވަންތަކަމުގެ މަތިވެރި ސިފަ އާލާކުރުމުގެ ގޮތުން ސަރުކާރުން މި ދުވަސް ސަރުކާރުން ފާހަގަ ކުރަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް