ޚަބަރު

ވައްކަންކުރި ކަމަށް ބުނެ މީހަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

ވައްކަންކުރި ކަމަށް ބުނެ މީހަކަށް އަނިޔާކޮށް މޫދަށް އެއްލައިލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ބ. ހިތާދޫ / އަންދަލީބުގެ، އަޙްމަދު ޝަރީފް (50އ) އާއި ލ. އިސްދޫ / ބްލޫކިޔާގެ، އަޙްމަދު ޚާތިމް (49އ) އެވެ. މި ދެ މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ދެ މީހުން އެ މީހާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން އެ މީހުން އޭނާއަށް ވަރަށް އަނިޔާކުރެއެވެ. އެއަށް ފަހު އަނިޔާވެރިކޮށް ދަމައިފައި ގެންގޮސް މޫދަށް އެއްލާލާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

ފުލުހުން ބުނީ މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.