Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގާނޫނާ އެކު ގޭންގު ކުށްތައް ބޮޑުތަނުން މަދުވެއްޖެ: ފުލުހުން

ގާނޫނާ އެކު ގޭންގު ކުށްތައް ބޮޑުތަނުން މަދުވެއްޖެ: ފުލުހުން
ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ވޭތުވެދިޔަ 4 މަހެއްހާ ދުވަސްތެރޭގައި ގޭންގު ކުށްތަކާއި ގޭންގުތައް މަދުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމް ވިދާޅުވީ، މިއަހަރުގެ އޮގަސްޓް 25ވަނަ ދުވަހު ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން ގޭންގު ހަދައިގެން ކުށްކުރުމުގެ ހަރަކާތްތައް މަދުވެފައިވާކަމަށެވެ. މި ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ފުލުހުން މައިގަނޑު ގޮތެއްގައި 2 ކަމެއް ކުރަމުންދާކަން އިސްހާގު ފާހަގަކުރެއްވިއެވެ. އެއްކަމަކީ ގޭންގުތައް ޖަމާވާ ތަންތަން ބަލައިފާސްކުރުމެވެ. އަނެއް ކަމަކީ އިންޓެލިޖެންސްގެ އެހީގައި ހޯދާ ގޭންގުތަކުގެ ސޭފްހައުސްތައް ކޯޓު އަމުރުގެ ދަށުން ބަލައިފާސްކުރުމެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، މި ގާނޫނުގެ ދަށުން މިހާތަނަށް ފުލުހަށް ހުށަހަޅާފައި ވަނީ 7 މައްސަލައެވެ. އެ މައްސަލަތަކުގައި 11 މީހަކު ހައްޔަރުކޮށްފައިވާއިރު، މިހާރު ފުލުހުންގެ ބަންދުގައި ތިބީ 2 މީހުންނެވެ. މިއަހަރުގެ ޖެނުވަރީ 1އިން ޑިސެމްބަރު 20ގެ ތަފާސްހިސާބު:
  • އެކި އޮޕަރޭޝަންތަކުގައި 17،483 ފަހަރު ސުވާލުކުރި
  • ގޭންގުތައް ޖަމާވާ އެކި ތަންތަން 75،441 ފަހަރު ބަލައިފާސްކުރި
  • 10 ތަނެއްގައި ހުރި ގްރެފިޓީތައް ނައްތައިލި
  • ކޯޓު އަމުރުގެ ދަށުން 10 ސޭފްހައުސް ބަލައިފާސްކުރި
  • ކުށްކުރާ މީހުންގެ 341 އުޅަނދު ޓޯކުރި
  • ގޭންގުތަކާއެކު އުޅޭ ކުޑަކުދިންނާ 2679 ފަހަރު ސުވާލުކުރި
ގޭންގުތައް ޖަމާވާ ތަންތަނުގައި ކުޑަކުދިން އުޅޭ ނިސްބަތް އިތުރުވެފައިވާއިރު، އެފަދަ 300 ކުދިން ފާހަގަވެފައިވާ ކަމަށް ކުރިން ފުލުހުން ބުނެފައިވެއެވެ. އެފަދަ ކުދިންނަށް އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް