ޚަބަރު

ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ރައީސްގެ ގަރާރެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު މަތީ ތައުލީމާ ބެހޭ ބިލު ތަސްދީގުކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ހދ. ހިރިމަރަދޫ ރައްޔިތުން، އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ނިންމަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާހު ގެންނަވައިފިއެވެ.

Ads by STELCO

ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެރަށު ކައުންސިލުން އޮތީ ސަރުކާރަށް ހުށަހަޅައިފައެވެ. އެ ހުށަހެޅުމާ އެއްގޮތަށް ހަނިމާދޫއަށް އެ ރައްޔިތުން ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ.

ރައީސް އޮފީހުން ބުނީ މި އިސްލާހު ގެނައީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ތާރީހަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުހަލާގެ ތެރޭގައި ހިމެނޭ ތާރީހަކަށްވާތީ ކަމަށެވެ. އެ ތާރީ ހަކީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހެވެ.

މިބަދަލާއެކު ކައުންސިލް އިންތިހާބުގައި، ހިރިމަރަދޫ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކަށް ވާނީ ހަނިމާދުއެވެ.

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓްރީކޮށް ނިމުމުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރުގެ ޖަދުވަލުގައި ހިމަނައިފައިވާ މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު ގަރާރުގެ ޖަދުވަލެއްގެ ގޮތުގައި ރައީސް ހިމަނުއްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިރިމަރަދޫގައި މިހާރު ދިރިއުޅެމުންދަނީ ގާތްގަނޑަކަށް 290އެއްހައި މީހުންނެވެ. އެރަށު ގިނަ މީހުން މިހާރު ވަނީ އާބާދީ ބޮޑެތި ރަށްރަށަށް ހިޖުރަކޮށްފައެވެ.

Ads by HDC