Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކްލިނިކުތަކާއި އައިނު ފިހާރަތަކުން، ހައްދާ އައިނުތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

ކްލިނިކުތަކާއި އައިނު ފިހާރަތަކުން، ހައްދާ އައިނުތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

ރާއްޖޭގެ ކްލިނިކުތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭނެ ގޮތަށް ހަމަޖެއްސުމަށް ނިންމައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުން ލިބިވަޑައިގެންނެވި ޚިޔާލުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވުމުގެ ގޮތުން އިޖްތިމާޢީ ސިއްޙީ އިންޝިއުރަންސްގެ ޤައުމީ ނިޒާމް "އާސަންދަ ސްކީމް"ގެ ދަށުން ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅުން ހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރައްވަމުން ކަމަށެވެ.

https://twitter.com/NSPAmaldives/status/2006056174479962433

Advertisement
Allied Insurance — Square (box)

އެގޮތުން މި އުސޫލު ތަންފީޒުކުރުމަށް ޓަކައި، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އުސޫލުތައް އެކުލަވާލައި އަންނަ މަހުގެ 15އިން ފެށިގެން އެ ފަދަ ތަންތަނުން އާސަންދައިގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް ފެށޭނެކަމަށެވެ.

މީގެ އިތުރުން އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ވަނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަތައް ވެސް ހުޅުވައިފައެވެ. އަދި އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީ ވެސް ވަނީ ބޮޑުކޮށްފައެވެ.

ހަމައެހެންމެ، ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން އައި ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެން ނަމަވެސް މި އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް