ޚަބަރު

ހަވާ އެރުވުމާ އެކު ޑްރޯން ޝޯވ މިރޭ!

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އައު އަހަރަށް މަރުޙަބާ ކިޔުމަށް ހުޅުމާލޭގައި ހަވާ އެރުވުމާ އެކު ޑްރޯން ޝޯވ މިރޭ ބާއްވަން ނިންމައިފިއެވެ.

Ads by STELCO

ވިޒިޓް މޯލްޑިވްސްއިން ބުނީ، މިދިޔަ އަހަރު އައު އަހަރަށް މަރުހަބާ ކިޔުމަށް ބޭއްވުނު ޑްރޯން ޝޯވއަށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާތީ، މިއަހަރު ވެސް ޑްރޯން ޝޯވ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑްރޯން ޝޯވ އޮންނާނީ މިރޭ 21:00އިން ފެށިގެން 15 މިނެޓަށް ކަމަށް ވިޒިޓް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ. އަދި ހަވާ އެރުވުމުގެ ހަރަކާތް 12 ޖެހުމާ އެކު ފަށާނެ ކަމަށާއި ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 5 މިނެޓުގެ ދިގުމިނަކަށް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

"މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް"ގެ ނަމުގައި އައު އަހަރަށް މަރުޙަބާ ކިޔުމަށް ބާއްވާ ޚާއްސަ ފެސްޓިވަލް ވަނީ އިއްޔެ ހަވީރު ފެށިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!