ޚަބަރު

ސޯޝަލް މިނިސްޓްރީއަށް 17،000 އަށް ވުރެ ގިނަ ކޯލު، ހުރިހާ ކޯލަކަށް ވެސް ޖަވާބު ދިނިން: މިނިސްޓަރު ޢާއިޝަތު ޝިހާމް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް

މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓް މިނިސްޓްރީއަށް 17،000 އަށް ވުރެ ގިނަ ކޯލު ލިބުނު ކަމަށާއި އެ ހުރިހާ ކޯލަކަށް ޖަވާބު ދިންކަމަށް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު އެފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން 17،000 އަށް ވުރެ ގިނަ ފޯނު ކޯލު ރައްޔިތުންގެ ފަރާތުން ލިބިފައިވާކަމަށާއި، ހިދުމަތުގެ ފެންވަރު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެ މިނިސްޓްރީއަށް މިހާރު އަންނަ ކޮންމެ ފޯނު ކޯލަކަށް ވެސް ޖަވާބުދެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސޯޝަލް އެންޑް ފެމެލީ މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ހަރުދަނާކުރުމުގެ ގޮތުން، ފާއިތުވި ދުވަސްތަކުގައި މުއައްސަސާއަށް ގުޅައިގެން ހިދުމަތް ހޯދުމަށް އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ނިމުމަކަށް ގެނައުމަށްޓަކައި، އާ ހޮޓްލައިން ނަންބަރު (1433) ތައާރަފްކޮށް ފަސޭހަކަމާ އެކު މުޢާމަލާތް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

ހަމަ އެހެންމެ މިނިސްޓްރީގެ ހޮޓްލައިން އަދި ހެލްޕް ލައިނަށް ގުޅައިގެން ހިދުމަތް ހޯދާ ފަރާތްތަކަށް، އެ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ އެކު ކޮންމެ ރައްޔިތަކަށް ވެސް އެ މިނިސްޓްރީއާ ގުޅައިގެން ހިދުމަތް ލިބިގެންދާނެކަން ކަށަވަރުކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

Ads by HDC