ޚަބަރު

ސްޓްރޯކެއް ޖެހި ނިމާލަށް ފަރުވާދެނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މަޝްހޫރު ދިވެހި ފިލްމް ޑައިރެކްޓަރ އަހްމަދު ނިމާލަށް ސްޓްރޯކެއް ޖެހި ފަރުވާ ދޭން ފަށައިފިއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް މި ވަގުތު ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ނިމާލަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި މިހާރު ޙަރަކާތްތެރިވާ އެންމެ ދުވަސްވީ އެއް ފަންނާނެވެ. ފިލްމް ޑައިރެކްޝަންގެ އިތުރުން އޭނާ ވަނީ ވަރަށް ގިނަ ފިލްމުތަކެއް ވެސް ކުޅެފައެވެ. އޭގެ ތެރޭގައި ސިޓީ, ނިއުމާ ފަދަ ފިލްމުތަކުގައި ނިމާލް ކުޅެފައިވާ ރޯލަށް ބެލުންތެރީންގެ ބޮޑު ތަރުޙީބެއް ލިބިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!