ޚަބަރު

ވީއައިއޭގައި ހުއްދަ ނެތި ސިމް ކާޑާއި ބޭރު ފައިސާ ގަނެ ވިއްކާތީ ފިޔަވަޅު އަޅަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގައި ހުއްދަ ނެތި ސިމްކާޑާއި ބޭރު ފައިސާ ގަނެ ވިއްކާތީ ފިޔަވަޅު އަޅާނެ ކަމަަށް އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނެފިއެވެ.

Ads by STELCO

ބޭރު ފައިސާ ވިއްކުމަށާއި އަދި ސިމް ވިއްކުމަށް ހާއްސަ ކައުންޓަރުތަކެއް ވީއައިއޭގައި ގާއިމުކޮށްފައި ހުރެއެވެ. އެހެން ނަމަވެސް އެ އެއާޕޯޓުގައި ގަވައިދާ ހިލާފަށް އެފަދަ ވިޔަފާރިތައް ކުރާ މައްސަލަ ފެންމަތިވެފައިވާ އިރު ދާދި ފަހުން ބިދޭސީއަކު ހުއްދަ ނެތި އެއާޕޯޓުގައި ޑޮލަރު ގަނެ ވިއްކާތީ ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން އެމްއޭސީއެލްއިން މިރޭ ނެރުނު ބަޔާނުގައި ބުނީ އެއާޕޯޓުގައި އެއްވެސް ވިޔަފާރިއެއް ކުރެވޭނީ ލައިސަންސް އޮވެގެން އެމްއޭސީއެލްއާ އެކު އެއްބަސްވުމެއް ހަދާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ވިޔަފާރިތައް ކުރެވޭނީ އެކަަމަށް ހާއްސަކޮށްފައިވާ ވަކި ކައުންޓަރުތަކަކުން ކަމަށާއި އެ ކައުންޓަރުތަކުގައި ތިބޭ މުވައްޒަފުން ވަކި ޔުނީފޯމެއް ލައި ފާސްވެސް އޮންނަން ޖެހޭނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އަދި އެއާޕޯޓު ބޭނުންކުރާ އެންމެހާ ފަރާތްތަކާއި އަދި ފަތުރުވެރިންނަށް ރައްކާތެރި ތަނަކަށް ހެދުމަކީ އެމްއޭސީއެލްގެ ޒިންމާއެއް ކަމަށާއި ހުއްދަނެތި ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!