ޚަބަރު

4000 ފުލެޓުގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް ވޯޓަރ އެންޑް ސެވަރެޖު ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފުލެޓުގެ ހުރިހާ ޓަވަރުތަކެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމާލައިފިއެވެ.

Ads by STELCO

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖު ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އަމާން ދޯދި އަދި އަމާން އުދަރެހުގެ ހުރިހާ ޓަވަރަކަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ޤާއިމުކޮށް، ޓެސްޓުކުރުމާއި ކޮމިޝަންކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އަދި ޓަވަރުތަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ވެސް ހަރުކޮށް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެއެވެ.

ފަހި ދިރިއުޅުން ފުލެޓުތަކުގެ ނިމިފައިވާ އެޕާޓުމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ ޓަވަރެއްގެ މަސައްކަތްތައް ނިންމާ، ފުލެޓުތަކުގެ ޙައްޤުވެރިންނަށް ފުލެޓުތައް ހަވާލުކޮށް ނިންމާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު ތަޅުދަނޑި ހަވާލުކުރެވިފައިވާ ބައެއް ފަރާތްތަކުން ވަނީ ފްލެޓުގައި ދިރިއުޅެން ފަށައިފައެވެ.

Ads by Ooredoo