ލައިފްސްޓައިލް ސިއްޙަތު

އަނގައިން ނުބައި ވަސް ދުވުމަކީ އިތުރު ބަލިތަކަށް މަގުފަހިވާ ކަމެއް!

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ނިދާ ހޭލާއިރު ކޮންމެ މީހެއްގެ ވެސް އަނގައިން ނުބައި ވަސް ދުވައެވެ. އެއީ ވަރަށް އާންމުކަމެކެވެ. ނަމަވެސް ދުވަހުގެ ބާކީ ވަގުތުތަކުގައި ނުބައި ވަސް ދުވާނަމަ އެއީ މައްސަލައެކެވެ. ގިނަ މީހުން އެކަމާ އަޅައިނުލައި ދޫކޮށްލަނީއެވެ. އަޅައިނުލުމުގެ ސަބަބުން އިތުރު ސިއްހީ މައްސަލަތައް ދިމާވެދާނެކަމަށް ޑޮކްޓަރުން ބުނެއެވެ.

Ads by STELCO

ޑެންޓަލް ސާޖަން، ޑރ. ޕުނީތް އަހޫޖާ ވިދާޅުވީ ހެނދުނު ހޭލާއިރު އަނގައިން ދުވާ ވަސް (ބޭޑް ބްރެތް) މުޅި ދުވަހަށް ދެމިގެންދާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެހެންވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި މީހާގެ އޯރަލް ހައިޖީން ކުޑަވުމާއި ޑީހައިޑްރޭޓްވުމާއި އަނގައިގައި ހުންނަ ގަމްގައި ޖަރާސީމު އުފެދުން ހިމެނެއެވެ.

"އަނގައިން ނުބައި ވަސް ދުވާ މައިގަނޑު ސަބަބަކީ އޯރަލް ހައިޖީން ކުޑަވުން. އޭގެ ސަބަބުން އަނގައިގައި ހުންނަ ބެކްޓީރިއާތައް ކާތަކެތި ބްރޭކް-ޑައުންކޮށް، ސްމެލީ ސަލްފާ ކޮމްޕައުންޑްތަކެއް އަނގަޔަށް ފޮނުވާލާ،" ޑރ. ޕުނީތް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަނގައިން ނުބައި ވަސް ދުވުމުގެ ސަބަބުން ޑެންޓަލް އިންފެކްޝަން އަދި ހަކުރު ބައްޔަށް ވެސް މަގުފަހިވާ ކަމަށެވެ.

އަނގައިން ނުބައި ވަސް ދުވާ ބައެއް އެހެން ސަބަބުތައް

  • ރަނގަޅަށް ދަތް ނޫނގުޅުން
  • ބޭސް ބުއިން/ކެއުން
  • ހަށިގަނޑަށް ގެއްލުންވާ ކާނާ ކެއުން
  • ދަތް ނުވަތަ ގަމް އިންފެކްޝަން
  • ސައިނަސް އަދި ނޭވާލާ ނިޒާމުގެ އެކި އިންފެކްޝަންތައް
  • ސިނގިރޭޓު ބުއިން
  • މަސްތުވާ ޒާތުގެ ބުއިން ބޭނުންކުރުން

މިކަމުން ސަލާމަތްވާން ބޭނުން ނަމަ ދުވާލަކު މަދުވެގެން 2 ފަހަރު ދަތް އުނގުޅަންވާނެ ކަމަށް ޑރ. ޕުނީތް ވިދާޅުވިއެވެ. އަދި ދުލާއި އަނގަތެރެ ވެސް ރީތިކޮށް ސާފުކުރުމާއި، ގިނައިން ފެން ބުއިމާއި، ބެލެންސް ޑައިޓެއް ގެންގުޅުމުގެ އިތުރުން ގަވާއިދުން ޑެންޓަލް ޗެކް-އަޕްތައް ނެގުން މުހިންމެވެ.