ޚަބަރު

2 އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހަށް ބަލައިގެންފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ތަޅުން (ފޮޓޯ/ މަޖިލީސް)

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

Ads by STELCO

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހަޅުއްވި އެ ބިލުގައިވާ ގޮތުން، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން، ރައީސް ހޮވަން ބާއްވާ އިންތިހާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެއެވެ.

ދައުރުން ބޭރު ، މިއަދު ބޭއްވި ޖަލްސާގައި މި ބިލް ބަލައިގެންފައި ވަނީ 46 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެމްޑީޕީ މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

ބިލު މަޖިލީހަށް ބަލައިގަތުމުން، ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބާއްވައި، މިމަހުގެ 15ވަނަ ދުވަހުގެ ކުރިން މަސައްކަތް ނިންމުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

މި ބިލު ފާސްވުމާ އެކު، މިހާރު މިހިނގާ 20ވަނަ މަޖިލީހުގެ ދައުރު ގާތްގަނޑަކަށް 5 މަހަށް ކުރުވެގެންދާނެއެވެ.