ޚަބަރު

ކުދި ވިޔަފާރިތަކަށް ލުއި އަގެއްގައި ގުދަންތައް ލިބޭނެގޮތް ވަރަށް އަވަހަށް ހަދާނަން: މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕްރެސްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ކުދި ވިޔަފާރިތަކަށް ލުއި އަގެއްގައި ގުދަންތައް ލިބޭނެގޮތް ވަރަށް އަވަހަށް ހައްދަވާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ކުދި ވިޔަފާރިތަކަށް ގުދަންތައް އަގުބޮޑުކޮށް ،ލިބޭތީ ދިމާވާ މައްސަލަތަކާ ގުޅޭ ޝަކުވާތައް އޭގެ ވިޔަފާރީގައި އުޅޭ ފަރާތްތަކަން ދާދި ފަހުން އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދަންނަވައިފައެވެ.

ރައީސް އޮފީހުން މިއަދު ގެނެސްދިން "ތަރުޖަމާނާ އެކު" އެޕިސޯޑުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ވިޔަފާރިވެރިންގެ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ ކަމާ ގުޅޭ އެކި ފަރާތްތަކާ މަޝްވަރާކޮށްގެން އެ މައްސަލަ ހައްލުކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން މާލެ، ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ލުއި އަގެއްގައި ކުދި ވިޔަފާރިތަކުން ގުދަންކުރާނެ ޖާގަ ހޯއްދަވައިދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަށް ޓަކައި ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީއާއި އަދި ކުޅުދުއްފުށީގައި ނަމަ އެ ސިޓީގެ ކައުންސިލްއާއި އެމްޕީއެލްއާ ވެސް ވާހަކަ ދައްކަން ޖެހިދާނެ ކަމަށެވެ.

ކުދި ވިޔަފާރިތަކަށް ގުދަންތައް ބޮޑު އަގުގައި ނަގަން ޖެހުމުން ވިޔަފާރީގައި ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް އެފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކުން ބުނެއެވެ. އެހެންވެ މިއީ ކުދި ވިޔާފަރިތައް ކުރިއެރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.