ޚަބަރު

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ދެ ޒުވާނަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ ޚިދުމަތުން ބުނީ، މި ޖަނަވަރީ މަހުގެ 5ވަނަ ދުވަހު، ޑްރަގު އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއްގެ އެޕާޓުމަންޓެއް ބަލައި ފާސްކޮށް، ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ގދ. މަޑަވެލި / ވަލުތެރޭގެ، މުޙައްމަދު އީވާން ޙާމިދު (23އ)އާއި ހ. ސަކީނާމަންޒިލް / މާލެ، މުޙައްމަދު ރާޢިދު ޢަލީ އަޞްޣަރު (31އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުންނަށް ވެސް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގު އެންފޯސްމަންޓުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

Ads by Ooredoo