2 އުމްރާވެރިޔަކު ނިޔާވެފައިވާކަމަށް މިނިސްޓްރީން ބުނެފި
މި ބޮޑު ޗުއްޓީގައި އުމްރާއަށް ދިޔަ ދިވެހިންގެ ތެރެއިން 2 މީހަކު ނިޔާވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން ބުނީ ނިޔާވެފައި ވަނީ ސަފާ ގުރޫޕުން ދިޔަ ފިރިހެނަކާއި ހިޖާޒް ގުރޫޕުން އުމްރާއަށް ދިޔަ ފިރިހެނެއް ކަމަށެވެ. 2 މީހުންގެ ޖަނާޒާގެ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ޑިސެމްބަރު މަހާއި މި މަހު 7000އަށް ވުރެ ގިނަ ދިވެހިން އުމްރާއަށް ދިއުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެފައި ވަނީ ޖުމްލަކޮށް ހުރިހާ އުމްރާވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ބަލި މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިމަހުގެ 10ވަނަ ދުވަހު އެމީހާ ރާއްޖެ ގެނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

