ޚަބަރު

ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
2020ގެ ކައުންސިލު އިންތިހާބަށް ވޯޓުލުމުގެ ތެރެއިން/ ފޮޓޯ: ދެން އިމޭޖްސް

ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމު ކުރި ލިސްޓުން ދައްކާ ގޮތުގައި މި އިންތިހާބުގައި 294،937 މީހަކަށް ވޯޓު ލެވޭނެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

އީސީއިން ބުނީ އެސްއެމްއެސްއެއް ކޮށްގެން އެމީހެއްގެ ރަޖިސްޓްރީ މިހާރު ބަލައިލެވޭނެ ކަމަށެވެ. އެގޮތުން އެސްއެމްއެސްކުރާނީ ވީއާރް (ސްޕޭސް) އައިޑީކާޑު ނަންބަރު ޖެހުމަށްފަހު 1414އަށެވެ. އަދި ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅާނީ އީސީގެ މައިޕޯޓަލް މެދުވެރިކޮށް، މިމަހުގެ 18ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިންނެވެ.

އެ ކޮމިޝަނުން ބުނީ ވޯޓާސް ރަޖިސްޓްރީއަށް ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ.

މި އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހުއެވެ. އިންތިހާބުގައި ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް މިދިޔަ އަންގާރަ ދުވަހު އީސީން ވަނީ ހުޅުވާލައިފައެވެ.

Ads by Ooredoo