ލައިފްސްޓައިލް

މޫނުމަތި އޮމާންކުރަން ހާކަންވީ އައިސް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

މޫނުގައި އައިސް ހޭކުމަކީ ވަރަށް މަޝްހޫރު ސްކިންކެއާ އުކުޅެކެވެ. ވަރަށް ގިނަ ސެލެބްރިޓިންނާއި ސޯޝަލް މީޑިއާ އިންފްލުއެންސަރުން ވެސް މި އުކުޅު ބޭނުންކުރާ މަންޒަރު ވަރަށް ގިނައިން ފެނެއެވެ.

Ads by STELCO

'ފޭޝިއަލް އައިސިން' އަކީ ހަންގަނޑު އޮމާންކޮށްލައިދީ، މޫނުގެ ދުޅަކަން ފިލުވައިލުމަށް ކުރެވޭނެ އެންމެ ފައްކާކަމެވެ. މި އުކުޅު ރަނގަޅު ގޮތުގައި ބޭނުންކޮށްފި ނަމަ އިތުރު އެހެން ފައިދާތައް ވެސް ލިބެއެވެ.

އެގޮތުން ނިދާ ހޭލާ ވަގުތު ލޯކައިރި ފުއްޕުމާއި މޫނު ދުޅަވެފައި ހުރުން ނައްތައިލަން މީ ރަނގަޅު އުކުޅެކެވެ. ހެނދުނު ހޭލުމަށް ފަހު ރަނގަޅަށް މޫނު ދޮވެލުމަށް ފަހު އައިސް ހާކާލުމުން ދުޅަކަން ފިލައި ގޮސް، މޫނުމަތި ތާޒާކޮށްލައެވެ.

ސަންބާންއާއި މޫނުމަތީގައި ރަތްވެފައި ހުންނަ ތަންތަން ވެސް އައިސް ހާކާލުމުން ސާފުވެގެންދެއެވެ. ހާއްސަކޮށް މޭކްއަޕް ކުރުމުގެ ކުރިން އައިސްހާކާލުން ވަރަށް މުހިންމެވެ. އެއީ ސިރަމްއާއި މޮއިސްޗަރައިޒާފަދަ ތަކެތީގެ އަސަރު މޫނަށް ކުރާ މިންވަރު އިތުރުވާތީއެވެ.

އެންމެ މުހިންމު ކަމަކަށް، ގަވާއިދުން މޫނުމަތި އައިސްކުރާ ނަމަ 'ނެޗުރަލް ގްލޯ' ނުވަތަ ގުދުރަތީ ރީތިކަން އިތުރުވެގެންދާ ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން މޫނުގެ ހަންގަނޑު އަލިވެފައި ތާޒާކޮށްލައެވެ.

ޑޮކްޓަރުން އިލްތިމާސްކުރަނީ ސީދާ އައިސް ހަންގަނޑުގައި ހޭކުމުގެ ބަދަލުގައި ތުވާއްޔެއް ފަދަ އެއްޗެއްގައި އޮޅައިލުމަށް ފަހު މޫނުގައި ހޭކުމަށެވެ. އެއީ އައިސްބާންވުމާއި ހަންގަނޑަށް އެހެން ގެއްލުމެއް ވެދާނެތީއެވެ. އަދި ސެންސިޓިވް ސްކިން ހުންނަ މީހުންނާއި އެކްޒީމާ ހުންނަ މީހުން މި އުކުޅު ބޭނުންކުރާއިރު ސަމާލުވުމަށް ވެސް ޑޮކްޓަރުން އިލްތިމާސްކުރެއެވެ.

Ads by Ooredoo