ޚަބަރު

ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ މަހު 5ގައި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް، ރިޔާސީ ބަޔާން އިއްވަވަނީ / ފޮޓޯ:ރައީސް އޮފީސް

އަންނަ ފެބްރުއަރީ މަހުގެ 5ވަނަ ދުވަހަކީ ރިޔާސީ ބަޔާން އިއްވާ ދުވަހުގެ ގޮތުގައި ކަނޑައަޅައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، އަންނަ މަހުގެ 5ވަނަ ދުވަހު ބޭއްވުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ނިންމަވައިފައިވާ ކަމަށެވެ.

އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. ޖަލްސާ ބޭއްވުމަށް ނިންމައިފައި ވަނީ އެ ދުވަހު ހެނދުނު 9:00 ގައެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!