ކުޅުދުއްފުށީގައި 16 އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ
ހދ. ކުޅުދުއްފުށީގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ އެރަށު ސްކޫލުގެ ގްރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ، އެރަށު ލަތީފީމަންޒިލް، ޝަޒްފާ އަބްދުالله އިބްރާހިމްއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޝަޒްފާ ނިޔާވިކަން އެނގުނީ ފަތިހު ނުހޭލައިގެން އާއިލާގެ މެންބަރަކު ގޮވަން ދިއުމުންނެވެ. ރޭ ނިދީ ވެސް ބޮލުގައި ރިއްސާތީ ބޭސް ކައިގެންނެވެ. އޭގެ ފަހުން ޝަޒްފާގެ ހަބަރެއް ނުވެއެވެ.
މި ހާދިސާއާ ގުޅޭ ގޮތުން އެރަށު ހޮސްޕިޓަލުގެ ބަހެއް ނުލިބެއެވެ. ނަމަވެސް މައުލޫމާތު ދިން މީހާ ބުނީ ޝަޒްފާ ނިޔާވި ސަބަބު ނޭނގޭކަމަށާއި އެއީ ކުއްލި މަރެއް ކަމަށެވެ.
ޝަޒްފާއަކީ އޭނާގެ މައިންބަފައިންނަށް ލިބުނު ހަމައެކަނި ކުއްޖާއެވެ.
އޭނާގެ ޖަނާޒާ އޮތީ މިއަދު އަސުރު ނަމާދަށް ފަހު ކުޅުދުއްފުށީ މަސްޖިދުލްޙަޟާރަތުގައެވެ.

