ޚަބަރު

479 ފަތުރުވެރިންނާ އެކު އަހަރުގެ ފުރަތަމަ ކްރޫޒްޝިޕް ރާއްޖެ އަތުވެއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އެމްއެސް ކްރިސްޓަލް ސިމްފަނީ ކްރޫޒްލައިނާ ރާއްޖޭގައި --

އަހަރުގެ ފުރަތަމަ ކްރޫޒްޝިޕް، އެމްއެސް ކްރިސްޓަލް ސިމްފަނީ ކްރޫޒްލައިނާ ރާއްޖެ އަތުވެއްޖެއެވެ.

Ads by STELCO

އިންޑިއާގެ މުމްބާއީއާއި ސޯޝެލްސްއާ ދެމެދު ދަތުރުކުރާ މި ކްރޫޒްލައިނާ މިދިޔަ ހޯމަ ދުވަހު ރާއްޖެ އައިސްފައި ވަނީ 479 ފަސިންޖަރުންނާއި 491 ފަޅުވެރިންނާ އެކުއެވެ.

އެ ކްރޫޒްލައިންގައި ރާއްޖެ އައި މީހުންނަށް ބޭނުންވާ ވިސާ ކްލިއަރެންސްގެ އިންތިޒާމުތައް، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިދީފައެވެ.

އެމްއެސް ކްރިސްޓަލް ސިމްފަނީ ކްރޫޒްލައިނާއަކީ ދުނިޔޭގެ މަޝްހޫރު މަންޒިލްތަކަށް ދަތުރުކުރާ މަތީ ފަންތީގެ އުޅަނދެކެވެ. މި އުޅަނދު ވަނީ މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!