ޚަބަރު

ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ރަށެއް ހަދަން ކޮންސަލްޓެންޓުން ހޯދަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ކުޑަގިރި--

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ރަށެއް ހަދަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ސޯޝަލް އެންޑް ޕެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން އިއުލާނެއް ކޮށްފިއެވެ.

Ads by STELCO

ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ރައްޔިތުން ދަތުރު ދިއުމަށް ހާއްސަ ރަށެއް ތަރައްގީ ކުރަން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވެއެވެ.

މި މަސައްކަތް ބަލަހައްޓާ ސޯޝަލް އެންޑް ޕެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދަތުރު ދިއުމަށް ހާއްސަ ރަށެއް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ "ޕިކްނިކް އައިލެންޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް"އަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތުގެ ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ކުރަންވާނެ ކަމަށް އެ އިއުލާނުގައިވެއެވެ. އަދި މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ޖެހުމާ ހަމައަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ރަށެއް ތަރައްގީކޮށްފައި އޮތުމަކީ ޓޫރިޒަމަށް ވެސް ފައިދާ ހުރި ކަމެއް ކަމަށެވެ.

Ads by Ooredoo