ލައިފްސްޓައިލް ސިއްޙަތު

ގިނައިން ފޮނި އެއްޗެހި ކެއުމަކީ އަވަހަށް މުސްކުޅިވާ ކަމެއްކަން އެނގޭތަ؟

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ހަކުރު ހުންނަ ބާވަތްތައް ނުވަތަ ފޮނި އެއްޗިއްސަކީ އަނގަޔަށް ވަރަށް މީރު އެއްޗިއްސެވެ. ނަމަވެސް އެއީ އެހާމެ ހަށިގަނޑަށް ނުރައްކާ ބޮޑު އެއްޗިއްސެވެ. ހަށިގަނޑު ފަލަވުމާއި، ކޮލެސްޓްރޯލް މަތިވުމުގެ އިތުރުން ލޭ މައްޗަށް ދިއުމާއި ހިތުގެ ބަލިތައް ވެސް ޖެހިދާނެއެވެ.

Ads by STELCO

ޑޮކްޓަރުން ބުނާ ގޮތުގައި ބޮޑެތި ބަލިތަކަށް ހުށަހެޅޭ ހަކުރަކީ މީހާ އަވަހަށް މުސްކުޅި ވެސް ކޮށްލާ އެއްޗެކެވެ. އެގޮތުން ހަކުރަކީ ހަންގަނޑު ހަލާކުކޮށްލައި، މޫނުމަތީގައި ރިންކްލްސް ގިނަކޮށްދީ، މޫނުމަތީގެ އުޖާލާކަން ގެއްލުވާލާ އެއްޗެކެވެ. މިއީ ހުސް މުސްކުޅިވުމުގެ ނިޝާންތަކެވެ.

ހަކުރަކީ ޑީއެންއޭ ރައްކާތެރިކުރާ 'ޓެލިމިއާސް' ދަށްކުރާ އެއްޗެކެވެ. މިއީ މީހާގެ އުމުރު މަތިވާވަރަކަށް ދަށްވާ އެއްޗެކެވެ، ނަމަވެސް ގިނައިން ހަކުރު ނުވަތަ ފޮނި އެއްޗެހި ކާނަމަ އަވަހަށް މީތި ހަށިގަނޑުން ދަށްކޮށްދީ، މީހާ މޫސްކުޅި ކޮށްލައެވެ.

އޭގެއިތުރުން ހަކުރަކީ އިންފްލެމޭޝަންއާއި އޮކްސިޑޭޓިވް ސްޓްރެސްއަށް ވެސް މަގުފަހިކޮށްދޭ އެއްޗެކެވެ.

ހަކުރުގެ އިތުރުން ރަނގަޅަށް ނިދި ނުލިބުމާއި، ޑީހައިޑްރޭޓްވުމާއި މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިއުމާލު ބޭނުންކުރުމަކީ ވެސް މީހާގެ އުމުރަށް ވުރެ އަވަހަށް ހަންގަނޑު މުސްކުޅި ކޮށްލާ ކަންކަމެވެ. ހަންގަނޑަށް ރޫޖެހި، ހުޅުހުޅުގައި ރިއްސުން ފަދަ އެތައް ކަމަކަށް މަގުފަހިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!