ޚަބަރު

ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭނީ އެންމެ ހަފްތާއަކު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސްކޫލު ދަރިވަރުން

ކުރިއަށް އޮތް ރޯދަމަހު ސްކޫލުތަކުގައި އެންމެ ހަފްތާއަކު ކިޔަވައިދޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

Ads by STELCO

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ އަންނަ މަހުގެ 18ވަނަ ދުވަހުއެވެ.

މި އަހަރުގެ ދިރާސީ ކަލަންޑަރުވާ ގޮތުން، އަންނަ މަހުގެ 18ވަނަ ދުވަހަކީ މުލަރޯދަ ދުވަސްކަމަށް ވެފައި އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށްވާތީ އެ ދުވަހު ސްކޫލުތަކުގައި ވެސް ކިޔަވައި ނުދޭނެއެވެ. އަދި ޖެހިގެން އަންނަ ދުވަސް(ފެބްރުއަރީ މަހުގެ 19)ވަނަ ދުވަހަކީ ވެސް ކިޔަވައި ނުދޭ ދުވަހެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހު ކިޔަވައިދޭނީ ފެބްރުއަރީ މަހުގެ 22އިން 26 ވަނަ ދުވަހާ ހަމައަށް އެކަންޏެވެ.

ކަލަންޑަރުގައިވާ ގޮތުން

  • މާޗު މަހުގެ އެކަކުން އަށަކަށް ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓް ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައި އެ ދުވަސްތަކުގައި ވެސް ކިޔަވައިނުދޭ ގޮތަށް ވަނީ ހަމަޖައްސާފައި
  • ރޯދަ މަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވާތީ އެ އެ ދުވަސްތަކުގައި ވެސް ކިޔަވައިނުދޭނެ

ދިރާސީ އާ އަހަރު ފަށާނީ މި އަންނަ އަންގާރަ ދުވަހުއެވެ.

Ads by HDC