ޚަބަރު

ދެ ރަށެއްގެ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރިނބުދޫގެ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތުގެ ބިންގާ އެޅުން--

ދެ ރަށެއްގެ ސިއްހީ މަރުކަޒުގައި އަލަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

ދ. ހުޅުދެލި އަދި ދ. ރިނބުދޫގެ ސިއްހީ މަރުކަޒުގައި އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ފެށުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުދެލީ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10.1މިލިއަން ރުފިޔާ އަށެވެ. އެއީ 18މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 

  • ހަތަރު އެނދުގެ ވާޑަކާއި ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމް، މީޓިންގ ހޯލް، ޕަބްލިކް ހެލްތު ޔުނިޓް، ގަރާޖާއި ލޯންޑްރީ ރޫމެއްގެ އިތުރުން ސްޓޯ ރޫމްސް އަދި ޕޯޓިކޯވެސް ހިމެނޭގޮތަށް އިމާރާތެއް އަޅާނެ

ރިނބުދޫ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ 12.3 މިލިއަން ރުފިޔާ އަށެވެ. އެއީ އެއް އަހަރު ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން

  • ހަތަރު އެނދުގެ ވާޑަކާއި ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމް، މީޓިންގ ހޯލް، ޕަބްލިކް ހެލްތު ޔުނިޓް، ގަރާޖާއި ލޯންޑްރީ ރޫމެއްގެ އިތުރުން ސްޓޯރ ރޫމްސް ހިމެނޭ އިމާރާތެއް އަޅާނެ

Ads by HDC