ޚަބަރު

ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް ބޭްއްވި ރަސްމިއްޔާތުގެ ތެރެއިން--

ނ. ވެލިދޫއަށް ސީޕްލޭން ދަތުރުތައް މިއަދު ފަށައިފިއެވެ.

Ads by STELCO

މި އަހަރުގެ ޖެނުއަރީގައި ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެއީ ނ. ވިިހަފަރުގައި އެއާޕޯޓު އެޅުމުގެ މަސައްްކަތް މި އަހަރު ފަށަން ތާވަލުކޮށްފައި ވާތީއާ އެކު ކަމަށް ވެސް ރައީސް އޭރު ވިދާޅުވިއެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފެށީ މިއަދު އެކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ވައިގެ މަގުން ކުރެވޭ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ ހިދުމަތް ފެށުމުގެ ސަބަބުން އެ ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބި، އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.

ވެލިދޫއަކީ މުޅި ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ސީޕްލޭންގެ ހިދުމަތް ތަޢާރަފުކުރެވުނު މީހުން ދިރިއުޅޭ ތިންވަނަ ރަށެވެ. ވެލިދޫގައި މި ހިދުމަތް ފެށިއިރު އެ އަތޮޅުގެ ފޮއްދޫއަކީ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެކެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!