ޚަބަރު

ދެވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މެރިން ހެޗަރީ ސިކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދެވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް ފަށައިފިއެވެ.

Ads by STELCO

ޖެނުއަރީ މަހުގެ 24އިން ފެބްރުއަރީ 5އަށް ކ. މަނިޔަފުށި ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 10 ބައިވެރިން ބައިވެރިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މި ތަމްރީން ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމަނާފައިވާ ހަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދާ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި އެކުއަކަލްޗާގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

ރައީސް މުއިއްޒުގެ އިރުޝާދާ އެކު، ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް އަހަރަކު 2 ކޯހުން 4 ކޯހަށް ވަނީ އިތުރުކޮށްފައެވެ. މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަގުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗާގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ގާއިމުކުރުމަށް މަގު ފަހިކުރުމަށް ޓަކައި މެރިކަލްޗާ ދާއިރާއިން މީހުން ބިނާކުރުމެވެ.

ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާ އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސްއިން ހިންގާ މި ކޯހުގެ ދަށުން ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތައާރަފުކޮށް ތަރައްގީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!