ޚަބަރު

ހިޔާގެ އަށް ޓަވަރެއްގައި އަލަށް ތަރައްޤީކުރި ލިފްޓުތައް އާންމުންނަށް ހުޅުވާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާގެ އަށް ޓަވަރެއްގައި އަލަށް ތަރައްޤީކުރި ލިފްޓުތަކުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލައިފިއެވެ.

Ads by STELCO

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ބުނީ، ހިޔާ ޓަވަރުގެ 1،2،3،4،5،6،7،8ގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިންމައި އާންމުކޮށް ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އިތުރު ފަސް ޓަވަރެއްގައި މިހާރު ޓެސްޓިންގ މަސައްކަތް ކުރަމުންދާ ކަމަށާއި ބާކީ ހުރި ޓަވަރުތަކުގެ މަސައްކަތްތައް ވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

ހުރިހާ ޓަވަރެއްގައި ލިފްޓުތަކުގެ ސިވިލް އަދި ސްޓްރަކްޗަރގެ %80މަސައްކަތް ނިމިފައިވާ ކަމަށާއި މުޅި މަޝްރޫޢުގެ %89މަސައްކަތް ވެސް މިހާރު ވަނީ ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މި މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުނީ 2024ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ.

Ads by Ooredoo