ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް 1633 ފޯމު ހުށަހަޅައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް 1633ފޯމު ހުށަހަޅައިފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ، ހަފްތާއެއްގެ ތެރޭގައި އެ ކޮމިޝަނަން ހުށަހަޅާފައި ވަނީ ކައުންސިލްތަކަށް ވާދަކުރުމަށް 933ފޯމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރުމަށް ހުށަހެޅުނު 700ފޯމު ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ފަރާތުން ކައުންސިލްތަކަށް ވާދަކުރުމަށް މިހާތަނަށް 750ފޯމު ހުށަހެޅުނުއިރު، އޭގެ ތެރެއިން ޝަރުތު ހަމަވެ، ބަލައިގަނެފައި ވަނީ 617ފޯމު ކަމަށާއި 113ފޯމެއްގެ ޝަރުތު ހަމަނުވާ ކަމަށް އީސީން ބުނެއެވެ. އަދި ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުނު 41ފަރާތަކުން އަލުން ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

އަމިއްލަ ގޮތުން ކައުންސިލްތަކަށް ވާދަކުރުމަށް 203ފޯމެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ޝަރުތުހަމަވެ ބަލައިގަނެފައި ވަނީ 133ފަރާތެއްގެ ފޯމު ކަމަށް އީސީން ބުނެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ސިޔާސީ ޕާޓީތަކުގެ ފަރާތުން 565ހުށަހެޅުނު ކަމަށާއި ޝަރުތު ހަމަވާ 488ފޯމެއް، އަމިއްލަ ގޮތުން ހުށަހެޅުނު 135ފަރާތުގެ ތެރެއިން 86ފަރާތެއްގެ ފޯމު ބަލައިގަނެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 17ވަނަ ދުވަހުއެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30އިން 15:30އަށް ފޯމް ބަލައިގަންނާނެ ކަމަށާއި ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 15:30އިން 18:00އަށް ކަމަށް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!