ހުޅުމާލޭގައި ހުރި ގުދަނެއްގައި ރޯވެ، ގެއްލުން
ހުޅުމާލެ ޗަނބޭލީ5 ގޯޅިތެރޭގައި ހުރި ގުދަނެއްގައި ރޯވެ، ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 3:30 ހާއިރު ކަމަށެވެ. އަލިފާން ނިއްވާލެވުނީ 3:40 ހާއިރުއެވެ.
އަލިފާން ރޯވެފައި ވަނީ ޗަނބޭލީ5 ގޯޅިތެރޭގައި ހުރި ލޮޓް ނަންބަރު 11154 ގޭގައި ގުދަން ކުރިމަތީގައި ހުރި ކުނިތަކެއްގައެވ. އެ އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، ގުދަނުގެ ތެރެއަށް ވަނީ އަލިފާންގަނޑު ފެތުރިފައެވެ.
އެމްއެންޑީއެފްއިން ބުނީ އޭގެ ސަބަބުން ގުދަނުގައި ހުރި މުދަލަށާއި ކަރަންޓު ވަޔަރިންއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އިމާރާތުގައި ކަރަންޓު ނެތުމުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެހީތެރިކަން ފޯރިކޮށްދެމުންދާ ކަމަށްވެސް ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

