ޚަބަރު

އެޗްއާރުސީއެމްގެ ފުރަތަމަ ރައީސް ލިޔުއްވި ފޮތެއް ރައީސް މުއިއްޒަށް ހަދިޔާކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް)ގެ ފުރަތަމަ ރައީސް އަހުމަދު ސަލީމް ލިޔުއްވި ފޮތެއް ރައީސް ޑރ. މުއިއްޒު މުއިއްޒުއަށް މިއަދު ހަދިޔާކުރައްވައިފިއެވެ.

Ads by STELCO

''އެޗްއާރުސީއެމްގެ ހަނދާންތައް'' ނަމުގައި ސަލީމް ލިޔުއްވި އެ ފޮތް ރައީސް މުއިއްޒަށް ހަދިޔާ ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ސަލީމްގެ ފޮތުގައި، ހިއުމަން ރައިޓްސް ކޮމިޝަން އުފެދިގެންއައި ގޮތާއި، ދިވެހިރާއްޖޭގެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމުގައި ހޭދަކުރެއްވި ފަސް އަހަރުގެ ތަޖުރިބާތަކާއި، ރާއްޖެ ޑިމޮކްރަސީ ނިޒާމަށް ބަދަލުވެގެންދިޔަ ތާރީހީ މުހިންމު ދަނޑިވަޅުގައި ހިނގާފައިވާ ކަންތައްތަކުގެ މައްޗަށް މިފޮތުގައި އަލިއަޅުއްވާލައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 2003ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި އުފެއްދި ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގެންނެވިއެވެ. އަދި މިހާރު ޢަމަލުކުރަމުންގެންދާ 2008ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނު އަސާސީގެ ދަށުން އެކުލަވައިލި ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ސަލީމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!