ފޭކު ސްލިޕްތައް ފޮނުވައިގެން ކުޅުދުއްފުށީގެ ފިހާރަތަކުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ފޭކު ސްލިޕްތައް ފޮނުވައިގެން ކުޅުދުއްފުށި ސިޓީގެ ފިހާރަތަކުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލައިގައި ހައްޔަރުކުރީ ހދ. ކުޅުދުއްފުށި / ފައިންސް، ހަސަން މޫސާ (33އ)އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސުލިޕް ފޮނުވައިގެން 3000އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހަސަން ނަގާފައިވާކަން އެނގިފައިވާ ކަމަށެވެ.
އަދި އިތުރު ފިހާރައަކުން ވެސް ސައްހަ ނޫން ސުލިޕް ފޮނުވައިގެން ހަސަން ވިޔަފާރިކޮށްފައިވާ ނަމަ ކުޅުދުއްފުށި ސިޓީ ޕޮލިހަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ހަސަންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.


