އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފި
އުމްރާ ގްރޫޕްތައް މެދުވެރިކޮށް ރޯދަމަހު ދަތުރުކުރާ ޢުމްރާވެރިންނަށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް މިއަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަމަޖައްސައިފިއެވެ.
އެގޮތުން ޑޮލަރު ވިއްކުމުގެ ހިދުމަތް އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރ ގްރައުންޑް ފްލޯއިން ލިބޭނެކަމަށާއި އެ ހިދުމަތް ލިބިގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުން ނަމްބަރު ނެގޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެ ހިދުމަތް ދޭނީ މި މަހުގެ އަށަކުން 26ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30އިން މެންދުރު 12:30އަށްކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެެ. އަދި ޑޮލަރު ގަންނަ ވަގުތު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަންވާނެ ކަމަށް ވެސް ބުންޏެެވެ.
އުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަ ނަމަ، އެފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން އިތުރަށް ބުނި ގޮތުގައި:
• ކޮންމެ އުމްރާވެރިއަކަށް ވެސް ގިނަވެގެން ވިއްކާނީ 500ޑޮލަރު
• ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ 5އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެ
• ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން
އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.


