ޚަބަރު

މިމަހު 12 ގެ ކުރިން ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދެނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ފިނޭންސްގެ އިމާރާތް / ފޮޓޯ:ދެން އިމޭޖްސް

ގާނޫނުގައިވާ ގޮތުގެ މަތިން، ސަރުކާރު މުވައްޒަފުންނަށް މިމަހުގެ 12ގެ ކުރިން ރޯދަ އިނާޔަތް ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

Ads by STELCO

ކަލަންޑަރުގައިވާ ގޮތުން، މިމަހުގެ 18 ވަނަ ދުވަހަކީ މުލަ ރޯދަ ދުވަހެވެ. އެހެންކަމުން މިނިސްޓްރީން ވަނީ ރޯދަ އިނާޔަތް ދޭނެ ގޮތުގެ ސާކިއުލާއެއް އާންމުކޮށްފައެވެ.

އޭގައިވާ ގޮތުގައި، ސަރުކާރުގެ މުވައްޒަފުންނަށް މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން ރޯދަ އިނާޔަތް ދޭނެ ޖެހެއެވެ. އަދި މިމަހުގެ 10ގެ ކުރިން އިނާޔަތުގެ ފައިސާ ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑުކޮށް، ޕޯސްޓްކުރަންވާނެ ކަމަށް އެ ސާކިއުލާގައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި 3000ރ. ދޭން ޖެހެއެވެ.