ޚަބަރު

ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މޫސުން ގޯސް ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ / ފޮޓޯ:ދެން އިމޭޖްސް

ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފިއެވެ.

Ads by STELCO

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ މާލެ ކައިރީގައި ކަމަށާއި އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ.

ނަމަވެސް ދެ ލޯންޗަށް ވެސް އެކި ވަރުގެ ގެއްލުން ލިބުނުކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އިތުރު ތަފްސީލެއް ނުލިބެއެވެ.

ދެ ލޯންޗުގައި ތިބީ ކޮން ބައެއްކަން ވެސް ސާފެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހާދިސާގެ އިތުރު ތަފްސީ؛ލު ފަހުން އާންމުކުރާނެ ކަމަށެވެ.