ޚަބަރު

ކަރެކްޝަންސްގެ ހިންގުން ހަރުދަނާކުރަން އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކަރެކްޝަންސްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުން--

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިންގުން ހަރުދަނާކުރަން އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފިއެވެ.

Ads by STELCO

ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއެވެ.

ކަރެކްޝަންސްއިން ބުނީ އެ ސްޓްރެޖީޓިކް އެކްޝަން ޕްލޭން އެކުލަވާލީ  ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއި ޔޫއެންއޯޑީސީގެ ފަންނީ އެހީތެރިކަން ލިބިގެން ކަމަށެވެ.

އަދި އެ ޕްލޭނާ އެއްގޮތަށް ކަރެކްޝަންސްގެ މަސައްކަތްތައް ތަރުތީބުވެގެން ދިއުމުން ޖަލުތަކުގެ ނިޒާމު ވަރުގަދަވެ، ގައިދީން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެ އަދި އޮފިސަރުންނާއި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމަށް ލިބިގެންދާނެ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ރޭ ކަރެކްޝަންސްއިން ވަނީ މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ވެސް އިފްތިތާހުކޮށްފައެވެ.

ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ވެސް ތަރައްގީކޮށްފައި ވަނީ ޔޫއެންއޯޑީސީގެ ފުރިހަމަ އެހީތެރިކަމާ އެކުގައެވެ.

ކަރެކްޝަންސްއިން ބުނީ އެ ސިސްޓަމްއާ އެކު

  • ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދުމީހުންނާ ގުޅުން ހުރި ހުރިހާ މައުލޫމާތުތަކެއް އެއް ވިއުގައަކުން ފެންނަން ހުންނާނެ
  • މައުލޫމާތުތައް ފުށުއެރުމުގެ މައްސަލަތަކަށް ހައްލު ލިބި، ކޯޓުތަކާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް އަދި ދިވެހި ފުލުހުންގެ ހިދުމަތް ފަދަ ކަމާގުޅުން ހުރި އިދާރާތަކަށް ބޭނުންވާ މައުލޫމާތު ވަގުތުން ފޯރުކޮށްދީ ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތައް އަވަސްވެގެން ދާނެ
  • ގައިދީންނާއި ބަންދުމީހުންގެ މެޑިކަލް އަދި ޕާސަނަލް ފައިލްތައް ޑިޖިޓަލައިޒް ކުރެވި، މިހާރު މަސައްކަތްތަކަށް ހޭދަވާ ވަގުތު ކުޑަކުރެވިގެން ދާނެ

ރޭ އިފްތިތާހުކުރި “މައިއެމްސީއެސް” ޕޯޓަލްއަކީ ކުރިން ބޭނުން ކުރަމުންދިޔަ އީ-ސަރވިސް ޕޯރޓަލްގެ އިތުރަށް ޒަމާނީކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ލުއިފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ. “މައިއެމްސީއެސް”ޕޯރޓަލްއަށް އީ-ފާސް ބޭނުންކޮށްގެން ލޮގްއިން ކުރުމަށް ފަހު، ކުށުގެ ރެކޯޑް ސާފުކުރުމަށް އެދުމާއި، ވަކީލުންނާއި އާއިލާތަކުން ގައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އެދުމާއި، ވަޒީފާއަށް އެދުމުގެ އިތުރުން ގައިދީންނަށާއި ބަންދުމީހުންނަށް ފައިސާ ފޮނުވުމުގެ ހިދުމަތް ފަސޭހަކަމާ އެކު ލިބިގެންދާނެކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!