ޚަބަރު

އާދިއްތައިން ފެށިގެން ހަ ރޯދަ ނިމެންދެން ކުނި ނަގައިދޭ ގަޑިތަކަށް ބަދަލެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވެމްކޯ މުވައްޒަފުންތަކެއް ކުނި ނަގަނީ

އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ވެމްކޯއިން  މާލެއާއި ހުޅުމާލޭގައި ކުނި ނަގައިދޭ ގަޑިތަަަކަށް ބަދަލު ގެނެސްފިއެވެ.

Ads by STELCO

ވެމްކޯއިން މިއަދު ބުނީ އެ ބަދަލުތައް އަވަހަށް ގެނައީ ރޯދައަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

ވެމްކޯއިން ދެން ކުނި ނަގައިދޭނެ ގަޑިތައް

  • މާލޭގައި - ރޭގަނޑު 08:30އިން ދޭކަށް
  • ހުޅުމާލޭގައި- ރޭގަނޑު ނުވަޔަކުން 02:30އަށް

ވިލިމާލޭގައި ކުނި ނަގައިދޭ ގަޑިތައް ބަދަލުކުރީ މުލަ ރޯދައިން ފެށިގެން ހަ ރޯދަ ނިމެންދެނެވެ. އެއީ ރޭގަނޑު ނުވަޔަކުން އެކަކަށެވެ.